އަޢުރާބީގެ ދުޢާ !

 

އޭނާގެ ބައްޕަ ނިޔާވެއްޖެއެވެ. އެއްވެސް މީހަކު ޖަނާޒާގައި ބައިވެރިވުމަކަށް ނާދެއެވެ.
ބައްޕަ ވަޅުލުމައްޓަކައި ދަރިފުޅު، އެ ހަށިގަނޑު ހިފައިގެން ނިކުތީ ސަހަރާއަށެވެ.
ބަކަރި ހުއިހައްޕަން އުޅުނު އަޢުރާބީއަކަށް ފެނިއްޖެއެވެ.
އޭނާގެ ގާތަށް އެމީހާ އައިސް ސުވާލު ކުރިއެވެ. “މީސްތަކުން ކޮބައިހެއްޔެވެ؟”
“ކަލޭގެ ބައްޕަ ވަޅުލުމުގައި އެކަނިމާއެކަނި ތިޔަ އުޅެނީ ކީއްވެގެން ހެއްޔެވެ؟”
އޭނާގެ ބައްޕަ ފަޟީޙަތްވާކަށް ދަރިފުޅު ނޭދުނެވެ.
އެހެންވެ لا حول ولا قوة الا بالله … ކިޔާލަ ކިޔާލައި ހުއްޓެވެ.
އެ އަޢުރާބީ ވަރަށް ކަންބޮޑުވެއްޖެއެވެ. . .
އަދި ބައްޕަ ވަޅުލުމަށް ދަރިފުޅަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލިއެވެ.
އަޢުރާބީ އޭނާގެ ދެ އަތް އުފުލައި ދުޢާއެއް ކޮށްލިއެވެ.
ދެން އޭނާ ދޫކޮށް ބަކަރިތައް ކައިރިޔަށް ހިނގައްޖެއެވެ.
އެރޭ، އޭނާއަށް ހުވަފެނުގައި ބައްޕަ ފެނުނެވެ. ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ކަމުގައިވާ ފިރުދައުސްގައި، ވަރަށް އުފާވެރި މޫނަކައިގެން ހިނިތުންވެފައި ހުއްޓާއެވެ.
ހައިރާވެގެން ސުވާލު ކުރިއެވެ. “އޭ ބައްޕާއެވެ! މިފަދަ ދަރަޖައެއް ބައްޕައަށް ލިބުނީ ކިހިނަކުން ހެއްޔެވެ؟”
ބައްޕަ ޖަވާބު ދިނެވެ. “އަޢުރާބީގެ ދުޢާގެ ބަރަކާތުންނެވެ.”

a

އަނެއް ދުވަހު އެ އަޢުރާބީ ހޯދަން އޭނާ ގަދައަޅާ މަސައްކަތް ކުރިއެވެ.
ސަހަރާގައި އަތްފުނާ އެޅިއެވެ. . . . އެތާނގެ ތިރި ފެލިފުނިތަކުގެ ތެރެއިން އަޑުހަރުކޮށް ގޮވަމުން ހޯދަމުން ދިޔައެވެ.
“މާތް ﷲ ގަންދީ ބުނަމެވެ. ބައްޕަ ވަޅުލުމަށްފަހު ކަލޭ ކުރީ ކޮން ދުޢާއެއް ހެއްޔެވެ؟”
“ބައްޕަ ފިރުދައުސްގެ އެންމެ މަތީގައި ހުއްޓައި ފެނިއްޖެއެވެ.”

a

 

އަޢުރާބީއަށް މި އަޑު އިވިގެން ޖަވާބު ދީފިއެވެ. “އޭ ކޮއިފުޅާއެވެ!”
“ނިކަމެތި އަޅެއްގެ ދުޢާ އިން ﷲ އަށް ދުޢާ ދެންނެވީމެވެ. އަދި ދެންނެވީމެވެ.”
“އޭ ﷲ އެވެ! އަހުރެންނަކީ ދީލަތި މީހަކީމެވެ. . . މެހެމާނަކު އަތުވެއްޖެނަމަ އަހުރެން އޭނާއަށް ހެޔޮކޮށް ހިތަމުއެވެ.”
“މިއީ (މައްޔިތާއަކީ) އިބަ އިލާހުގެ މެހެމާނެކެވެ. . . . އަދި އިބަ އިލާހަކީ أَكْرَمُ الأَكْرَمِيْن (އެންމެ ދީލަތިވަންތަ އިލާހެވެ.)!!”

a

 

ދަންނާށެވެ! ދަރިންނެއް ގިނަގުނަ މުދަލެއް ނޫނެވެ.
ތިމާގެ ގޯތިގެދޮރާއި ތަނަވަސް ކަމެއް ނޫނެވެ.
މަގާމާއި ޖާހާއި ވަޒީފާގެ މަތިވެރިކަމެއް ނުމެނޫންމެއެވެ.
ތިމާގެ ވެރި އިލާހަށް ތިމާ ތެދުވެރިވާ މިންވަރެވެ.
މާތް ﷲ ތިބާ މަތިވެރި ކުރައްވަނީ އެއިލާހުއަށް ތެދުވެރިވާ ތެދުވެރިވުމަށެވެ.

 

 

އޭ ﷲ އެވެ! ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް އަޅަމެންނަށް ދެއްވާށިއެވެ! އާމީން.