އޮކްޓޫބަރު 11، 2015

ތައުބާވުމުގެ މާތްކަން

قَالَ رَسُولُ اللَّهِ -صلى الله عليه وسلم- « لَلَّهُ أَشَدُّ فَرَحًا بِتَوْبَةِ عَبْدِهِ حِينَ يَتُوبُ إِلَيْهِ مِنْ أَحَدِكُمْ كَانَ عَلَى رَاحِلَتِهِ بِأَرْضِ فَلاَةٍ فَانْفَلَتَتْ مِنْهُ وَعَلَيْهَا طَعَامُهُ وَشَرَابُهُ فَأَيِسَ مِنْهَا فَأَتَى شَجَرَةً فَاضْطَجَعَ فِى ظِلِّهَا قَدْ أَيِسَ مِنْ رَاحِلَتِهِ فَبَيْنَا هُوَ كَذَلِكَ إِذَا هُوَ بِهَا قَائِمَةً عِنْدَهُ فَأَخَذَ بِخِطَامِهَا ثُمَّ قَالَ مِنْ شِدَّةِ الْفَرَحِ اللَّهُمَّ أَنْتَ عَبْدِى وَأَنَا رَبُّكَ. أَخْطَأَ مِنْ شِدَّةِ الْفَرَحِ » رواه مسلم

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ހަމަކަށަވަރުން، މާތް ﷲ ގެ އަޅާ އެކަލާނގެއަށް ތައުބާވާހިނދު، އެކަމުގެ އުފާވެރިކަން އެކަލާނގެ އަރިހުގައި ބޮޑުވެގެންވޭ، ތިޔަބައިމީހުންކުރެ އެކަކު، އޭނާގެ ސަވާރީގައި ހުސްބިމެއްގައި ދަތުރުކުރުމުން ދަނިކޮށް، އެސޮރު އޭނާގެ ކިބައިން ވީއްލިގެން ގޮސް އޮބައިފިއެވެ. އޭރު އޭނާގެ ކާބޯތަކެތިވެސްވީ އެ ސަވާރީގައެވެ. ދެން އެސޮރު އަތުވެދާނެކަމާމެދު އުންމީދު ކެނޑިގެންގޮސް ގަހެއްގެ ދަށުގައި އޮށޯވެލިއެވެ. އޭނާގެ ސަވާރީ އާމެދު އޭނާވަނީ އުއްމީދު ކެނޑިފައެވެ. އެފަދަ ޙާލަތެއްގައި އޭނާވަނިކޮށް، އެސަވާރީ އައިސް އޭނާގެ ބޯލާކޮޅުގައި އޮއްވާ ފެނިގެންތެދުވެ، އެސަވާރީގެ ލަގަނުގައި ހިފައި، އުފަލުން ގޮސް އޭނާއަށް ކިޔުނެވެ. “އޭ ﷲ އެވެ! އިބަރަސްކަލާނގެއީ އަހުރެންގެ އަޅާއެވެ. އަދި އަހުރެންނެނީ އިބައިލާހުގެ ވެރިރަސްކަލާނގެއެވެ.” އޭނާއަށް ލިބިފައިވާ އުފަލުގެ ބޮޑުކަމުން ދޫއޮޅުނީއެވެ.”

Copyright 2021 © Sheikh Hassan Moosa Fikree