އެކެއް: މާތް ﷲ އަށް ތަޤުވާވެރިވުން
“وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَـاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ” (الأعراف: 156) މާނައީ: “އަދި ތިމަންރަސްކަލާނގެ ރަޙުމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، ތަޤުވާވެރިވެ ވެރިވެ، ޒަކާތްދީ އުޅޭމީހުންނަށާއި، ތިމަންރަސްކަލާނގެ އާޔަތްތަކަށް إيمانވާ މީހުންނަށް ތިމަންރަސްކަލާނގެ އެ ރަޙުމަތް ލިޔުއްވާހުށީމެވެ.”
a
ދޭއް: މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންގަތުން
“وَأَطِيعُواْ اللّهَ وَالرَّسُولَ لَعَلَّكُمْ تُرْحَمُونَ” (آل عمران: 132) މާނައީ: “އަދި، ﷲ އަށާއި، ރަސޫލާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށްޓަކައެވެ.”
a
ތިނެއް: އީމާންކަމާއި، ހިޖުރަކުރުމާއި، މާތް ﷲ ގެ މަގުގައި ޖިހާދު ކުރުން
“إِنَّ الَّذِينَ آمَنُواْ وَالَّذِينَ هَاجَرُواْ وَجَاهَدُواْ فِي سَبِيلِ اللّهِ أُوْلَـئِكَ يَرْجُونَ رَحْمَتَ اللّهِ وَاللّهُ غَفُورٌ رَّحِيمٌ”(البقرة: 218) މާނައީ: “ހަމަކަށަވަރުން إيمانވި މީހުންނާއި، هجرةކޮށް، ﷲ ގެ މަގުގައި جهادކުޅަ މީހުން، އެ މީސްމީހުން ﷲ ގެ رحمةއަށް އެދެތެވެ. ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމުވަންތަ ރަސްކަލާނގެއެވެ.”
a
ހަތަރެއް: ނަމާދު ޤާއިމުކޮށް ޒަކާތްދީ، ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުން
“وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا الرَّسُولَ لَعَلَّكُمْ تُرْحَمُونَ” (النور: 56)
މާނައީ: “ތިޔަބައިމީހުން ނަމާދު قائمކުރާށެވެ! އަދި زكاةދޭށެވެ! އަދި رسولއާއަށް ކިޔަމަންވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.”
a
ފަހެއް: ރަޙްމަތް ލެއްވުންއެދި ދުޢާ ކުރުން
(رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَداً) (الكهف: 10)
މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرةން އަޅަމެންނަށް رحمةއެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!”
“رَبَّنَا لاَ تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً إِنَّكَ أَنتَ الْوَهَّابُ” (آل عمران: 8)
މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް ޙައްޤުން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ ޙަޟުރަތުން رحمةއެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ ނިޢުމަތްތައް ދެއްވާ ރަސްކަލާނގެއެވެ.”
a
ހައެއް: މީސްތަކުންނަށާއި، އެހެނިހެން މަޚުލޫޤުތަކަށް ރަޙުމު ކުރުން
قال رسول الله صلى الله عليه وسلم «الرَّاحِمُونَ يَرْحَمُهُمُ الرَّحْمَنُ ارْحَمُوا أَهْلَ الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ» روا ه أبو داود
މާނައީ: “ރަޙުމު ކުރާމީހުންނަށް ރަޙްމާންވަންތަ އިލާހު ރަޙްމަތް ލައްވަތެވެ. ބިމުގެ އަހުލުންނަށް ރަޙުމުކުރާށެވެ! އޭރުން އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމަތް ލައްވާނެތެވެ.”
a
ހަތެއް: ކީރިތި ޤުރްއާނަށް ތަބާވުން
“وَهَـذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ فَاتَّبِعُوهُ وَاتَّقُواْ لَعَلَّكُمْ تُرْحَمُونَ” (الأنعام: 155)
“މި قرآنއަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބާވާށެވެ! އަދި ތިޔަބައިމީހުން تقوىވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައެވެ.”
a
އަށެއް: ފާފަފުއްސެވުން އެދި ދުޢާ ކުރުން
“قَالَ يَا قَوْمِ لِمَ تَسْتَعْجِلُونَ بِالسَّيِّئَةِ قَبْلَ الْحَسَنَةِ لَوْلَا تَسْتَغْفِرُونَ اللَّهَ لَعَلَّكُمْ تُرْحَمُونَ” (النمل: 46)
މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قومގެމީހުންނޭވެ! ތިޔަބައިމީހުން ރަނގަޅުގޮތުގެ ކުރިން، ނުބައިގޮތް އަވަސްވުމަށް ތިޔައެދެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައިމީހުންނަށް رحمةލެއްވުމަށްޓަކައި ތިޔަބައިމީހުން ފާފަފުއްސެވުންއެދި، اللَّهއަށް دعاء ނުކުރާނޫހެއްޔެވެ؟”
Copyright 2021 © Sheikh Hassan Moosa Fikree